މުޖްތަމަޢުގައި ދިރިއުޅޭ އެންމެން އަތާއަތް ގުޅާލައިގެން، ޢިޖްތިމާއީ ހަމަހަމަކަން ޤާއިމްކޮށް، ފަޤީރުކަން ނައްތާލަން މަސައްކަތްކުރާން ޖެހޭކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބި ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. 

ރާއްޖޭގައި މިހާރުވެސް 7 ރިސޯޓެއް ހިންގަމުން އަންނަ، މެރިއޮޓް އިންޓަނޭޝަނަލްއިން ކުރިއަށް ގެންދިޔަ މިއަހަރުގެ "ރޯޑް ޓު ގިވް" ދުވުމުގެ ހަރަކާތް ނިންމާލެއްވުމަށް ފަހު، ހުޅުމާލޭ ސެންޓްރަލް ޕާކްގައި ސެންޓްރަލް ޕާކްގައި ހުންނަވައިގެން ނައިބު ރައީސް ވިދާޅުވީ، "އެންމެ މީހަކަށް އެހީތެރިކަން ފޯރުކޮށްދީގެން ވެސް، އަހަރުމެންނަށް އެހީ އެ ވެވެނީ ޢާއިލާކަށް،" ކަމަށެވެ.

ޢިޖްތިމާޢީ މައްސަލަތަކާއި، ފަޤީރުކަމުގެ ދަތިޙާލު ތަޙައްމަލުކުރުމުގެ އިތުރުން، އެފަދަ ކަންކަން ޙައްލުކުރާން މުޅި ދުނިޔެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި އެބަހުރިކަން އެމަނިކުފާނު ފާގަހަކުރެއްވިއެވެ. 

މިފަދަ ކަންކަން ޙައްލުކުރުމުގައި އެންމެން އެކީ މަސައްކަތް ކުރަންޖެހޭކަން ފާހަކުރައްވައި ނައިބު ރައީސް ވިދާޅުވީ، "ކޮންމެ މީހެއްގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް، މިއީ ގިނަ ބައެއްގެ މަސައްކަތުން ވާނެ ކަމެއް،" ކަމަށެވެ.

"ރޯޑް ޓު ގިވް" ޕްރޮގްރާމަކީ، މެރިއޮޓް އިންޓަނޭޝަނަލްއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަޤީރުންނަށާއި، ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް ބާރުއެޅުމާއި، ކުރިއަށް ކުރިއަށް ގެންދާ ޗެރިޓީ ހަރަކާތެކެވެ. ދުވުމުގެ ޙަރަކާތަކީ މި އިވެންޓް ފެށުމުގެ ގޮތުން ބާއްވާ ޙަރަކާތެކެވެ. 

މެރިއޮޓުން ހިންގާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތުގެ ދަށުން، ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ބައެއް ވަޞީލަތްތައް ކަމަށްވާ ކޮންޕިއުޓަރާއި، ފޮތާއި، ޕްރޮޖެކްޓަރު ފަދަ ތަކެތި ފޯރުކޮށްދެވިގެންދާނެ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުގައި 8000 ވުރެ ގިނަ ހޮޓެލްސް އޮޕަރޭޓްކުރަމުން އަންނަ އެމެރިކާގެ މަލްޓި-ނޭޝަނަލް މި ކުންފުނީގެ ޖެނެރަލް މެނޭޖަރ ވިދާޅުވިއެވެ.