ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 4 މަސްބޯޓެއް އަތުލައިގެންފި ކަމަށް ރާއްޖޭގެ ދިފާޢީބާރު (އެމްއެންޑީއެފް)ން ބުނެފިއެވެ. 

އެމްއެންޑީއެފުން ބުނީ، "މިބޯޓްތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ [އަސުރުމާ] މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި،" ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ، 4 މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.