ޅ. ދިއްފުށިމާދޫ ކިޔާ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ދެ މީހެއްގެ ގައި މައްޗަށް ފާރެއް ވެއްޓި އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާގައި އަނިޔާވީ އުމުރުން 57 އަހަރުގެ އަންހެނަކާއި 27 އަހަރުގެ ފިރިހެނަކަށެވެ.

އަނިޔާވި ދެ މީހުންނަށް އަވަސް ފަރުވާދިނުމަށް ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ވަނީ ކޯސްޓްގާޑުގެ އެހީގައި ގެންގޮސްފައެވެ.

ދެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މިހާތަނަށް ނުލިބެއެވެ.