މަސްވެރިކަމުގެ ކޮލެޖު އުފެއްދުމުގެ މަސައްކަތް ކުރުމަށް ޤައުމީ ޔުނިވާސިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އަދި ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންސިލާ ޑރ. އައިޝަތުު ޝެހެނާޒް އާދަމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި މި ކޮލެޖް ވެގެންދާނީ މަސްވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިޤްތިޞާދަށް މަންފާ ހޯދޭނެ ގޮތްތަކަށް ސަރުކާރުން ކުރާ މަސައްކަތަށް ކޮށޭގެ ވަރަށް ބޮޑު މަގަކަށް ކަމަށެވެ.
މި ޔުނިވާސިޓީގައި ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ފުރުސަތު އޮންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް މި ކޮލެޖުގެ ކޯސްތައް ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މަސްވެރިކަން ތަރައްގީ ކުރަން ހާއްސަ ކޮލެޖެއް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.