މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައް ސިޓީގެ 15 ގެއެއްގައި ފެންބޮޑުވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

މިއާއެކު އެގެތަކުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ފުވައްމުލައް ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިގޮތުން އެންޑީއެމްއޭއިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، ފުވައްމުލަކުގައި 15 ގެއެއްގައި މިހާތަނަށް ފެންބޮޑުވެފައިވެއެވެ. ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދެއްވައެވެ.