މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައި ތިބި ފަނަރަހާހަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓު ނުލިބޭނެކަން އިބޫގެ ކެންޕެއިން ޓީމުން ވެސް ގަބޫލުކުރާ ކަމަށް އެ ކެންޕެއިނުގައި މަސައްކަތް ކުރާ އެކްޓިވިސްޓަކު ބުނެފިއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ނަމުގައި އިބޫ ސޯލިހުގެ ސަރުކާރުން ވަކި ބަޔަކަށް މަންފާވާ ގޮތަށް އެކުލަވައިލި އުސޫލުގެ ސަބަބުން ދަފްތަރުގައި ރަޖިސްޓްރީ ވެފައި ތިބި ރައްޔިތުންނަށް މާލެއިން ވެސް އަދި މުޅި ރާއްޖޭގެ އެހެން ސަރަޙައްދުތަކުން ވެސް ގޯތި ލިބުމުގެ ފުރުޞަތު އަބަދަށް ގެއްލިގެން ދިޔައީއެވެ.

ޤާނޫނުއަސާސީގެ 41 ވަނަ މާއްދާއާ ޚިލާފަށް ހިންގާ ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ދޫކުރުން-- ފޮޓޯ: ޕްލޭނިންގ މިނިސްޓްރީ

 

މާލޭ ރަށްވެހީންނަށް ގޯތި ދިނުމަށް އެކުލަވާލި އުޞޫލުގައި ބުނާ ގޮތުން މާލޭގެ ރަށްވެއްސަކަށް ވުމުގެ ކުރީން އެހެން ރަށެއްގައި އެއްވެސް އިރަކު ރަޖިސްޓްރީވެފައި އޮތް ނަމަ، ގޯތި ލިބުމުގެ ޝަރުޠު ފުރިހަމައެއް ނުވެއެވެ. މިއީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ވެސް ޚިލާފު އުޞޫލެކެވެ. ރަށެއްގައި ރަށްވެހިވުމަށް ފަހު، އެއްވެސް ރައްޔިތަކު ތަފާތުކޮށް، ރަށްވެހީންގެ މިފަދަ ގިންތި ހެދުމަކީ ޤާނޫނުއަސާސީން ކަނޑައެޅިގެން މަނާ ކުރާ ކަމެކެވެ.

މި އުޞޫލުގެ ސަބަބުން މާލޭ ދަފްތަރުގެ ރސ ކެޓަރީގައި ތިބި ހުރިހާ ރައްޔިތުންނަށް ގޯތި ލިބުމުގެ ޝަރުޠު ގެއްލިގެން ދިޔައިރު، އެ ރައްޔިތުންނަށް ރާއްޖޭގެ އެހެން ރަށަކުން ވެސް ގޯތި ލިބޭނެ ގޮތެއް ނެތީއެވެ. ރަށްރަށުން ވެސް ގޯތި ދޭން ޝަރުޠުގެ ތެރޭގައި އެ ރަށެއްގެ ރަށްވެއްސަކަށް ވުމަށް އޮންނާތީ، މާލޭ ދަފްތަރުގައި ރަށްވެހިވެ، މާލޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވަން ވޯޓުލާ، އަދި ރައްޔިތުންގެ މަޖިލީހުން މާލެއަށް ލިބޭ އެތައް ގޮނޑިއެއް ލިބުމުގައި މާލޭގެ ރައްޔިތުން ގުނާއިރު ޢަދަދު ކުރެވޭ ބަޔަކަށް، އެ ރަށްރަށުން ގޯތި ލިބޭނެ ގޮތެއް ނެތެވެ. އެހެން ނޫނަސް މާލޭގައި ދިރިއުޅޭ ބަޔަކަށް ވާތީ، ރަށުގައި ދިރިއުޅުމަށް ލިބޭ ޕޮއިންޓު ވެސް ނުލިބޭނެތީ، ދަފްތަރުގައި ތިބި އެތައް ހާސް ރައްޔިތުންނެއް މިވަނީ އިބޫ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް އެކުލަވާލި އުސޫލުގެ ސަބަބުން މުޅި ޢުމުރަށް ގޯތިން މަހުރޫމުވެފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ކެމްޕޭން ޓީމާއެކު -- ފޮޓޯ: އެމްޑީޕީ

 

 "ޤާނޫނުއަސާސީން އަހަރެމެން ދަފްތަރު މީހުންނަށް ވެސް ކަށަވަރުކޮށްދީފައި އޮތް ޙައްޤެއް، އިބޫ ސަރުކާރުން މިނިސްޓަރު އަސްލަމުމެން، އަކްރަމުމެން ހެދި އުޞޫލަކުން ނިގުޅައިގަތީމާ، އެމީހުންނަށް އިތުރު ދައުރެއް ދޭން އަހަރެމެން ހަމަހޭގަ ތިބެގެން ވޯޓު ދޭނެތަ؟ ސޮރީ." ދަފްތަރުގައި ރަޖިސްޓްރީވެފައި އޮންނަތާ 15 އަހަރުވެފައިވާ މީހަކު ބުންޏެވެ.