ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާގެ ބެންގަލޫރަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންގެ ދަތުރުތަށް ބެންގަލޫރަށް ފަށަން ހަމަޖެހިފައި ވަނީ، އަންނަ އޮކްޓޯބަރ މަހުގެ 30ން ފެށިގެންނެވެ.

މޯލްޑިވިއަންއިން ބެންގަލޫރަށް ދަތުރުކުރާން ހަމަޖެހިފައިވަނީ ހަފްތާއަކު ދެ ފްލައިޓެވެ. އެގޮތުން މި ފްލައިޓްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. މޯލްޑިވިއަންގެ ބެންގަލޫރު ދަތުރުތަކުގެ ބުކިންގ ހަދަން ބޭނުންވާ ފަރާތްތަކަށް އޯގަސްޓް 16ން ފެށިގެން ބުކިންގ ހެދޭނެއެވެ.

މޯލްޑިވިއަންއިން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ދަތުރުކުރެއެވެ. އަދި ބަންގްލަދޭޝްގެ ޑާކާއަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ކުރެއެވެ.