ލ. ގަމުން މީހުން ދިރިއުޅުމަށް ދޫކުރާ 4000 އަކަފޫޓުގެ 400 ގޯއްޗަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭން ގޯތިލިބޭ މީހުންގެ މެދުގައި ގުރުނަގައިފިއެވެ.

ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެންމެ ފަސްގަނޑު ބޮޑު ރަށުން މީގެ ކުރީން ދޫކޮށްފައިވަނީ 2000 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް މިފަހަރު އެ ބޮޑުމިން މިވަނީ ދެގުނަކޮށްފައެވެ.

ގަމު ކައުންސިލްގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ، ގަމުން ގޯތި ބޭނުންވާ ފަރާތްތައް އަދިވެސް އެބަ ތިބި ކަމަށާއި އަނެއްކާވެސް ގޯތި ދޫކުރުމުގެ ބުރެއް ފަހުން ކުރިއަށް ގެންދަވާނޭ ކަމަށެވެ.

ގަމުން 4000 އަކަފޫޓުގެ 400 ގޯތި ދޫކޮށްފައި ވަނީ އެރަށުގެ 3 އަވަށެއްގެ އެކި ހިސާބުތަކުންނެވެ.