ރާއްޖެ ހިމެނޭގޮތަށް އިތުރު 8 ގައުމަކަށް ދުރާލައި ވިސާ ނުނަގައި ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރެވޭގޮތަށް އެގައުމުން ހަމަޖައްސައިފިއެވެ.

ސަޢުދީގެ މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެފައި ވަނީ، ދިވެހިރާއްޖެ، ކިރްގިސްތާން، އަޒަރބައިޖާން، ޖޯޖިއާ، އަލްބޭނިއާ، އުޒްބެކިސްތާން، ތަޖިކިސްތާން އަދި ސައުތު އެފްރީކާގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް، ފަތުރުވެރި ކަމާއި، ޢުމްރާއަށާއި ވިޔަފާރިކުރުމަށް އަދި ޢާއިލާއާއި ރަހްމަތްތެރީން ނަށް ޒިޔާރަތްކުރުމަށް މިހާރު ދުރާލައި ވިސާ ނަގަން ނުޖެހޭނެ ކަމަށާއި، ނަމަވެސް ހައްޖުގެ އަޅުކަން ކުރުމަށާއި، ހައްޖު ދުވަސްވަރު ޢުމްރާކުރުމަށްވެސް ވިސާ އެކަމަށް ބޭނުންވާ ވިސާ ކުރިއެކޭ އެއްގޮތަށް ނަގާން ޖެހޭ ކަމަށެވެ. އަދި ވަޒީފާ އަދާކުރުން ފަދަ ކަންތައްތަކަށް ވެސް ހަމަ ކުރިއެކޭ އެއްގޮތަށް އެކަމަށް ބޭނުންވާ ވިސާ ނަގަންޖެހެއެވެ.