ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 249.90 މިލިޔަން ރުފިޔާއަށެވެ.

އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ އިންކަމަށެވެ. މަތި ކޮމަންޑޫ ހިއްކުމަށް މި ޑްރެޖަރ މޮބިލައިސްކުރެވިފައި މިވަނީ ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމުމަށްފަހުއެވެ.

މި މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނެއެވެ. އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެއެވެ.