މިނިވަންދުވަހުގެ މުނާޞަބަތުގައި ބުރާސްފަތި ދުވަހު ހަވީރު ބޭއްވި، އަސްކަރީ ޙަރަކާތްތައް ހިމެނޭ ޕެރޭޑާއި ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯގެ ޕެރޭޑާއި ރޫޓް މާޗް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްލަވާލައްވައިފިއެވެ.

 

ރައީސްގެ ދެކަނބަލުން މިނިވަންދުވަހުގެ ހަރަކާތްތައް ބައްލަވާލެއްވީ، މިއަދު ހަވީރު ޖުމްހޫރީމައިދާން ކުރިމަތީގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

 

މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި އަދި އާންމުންގެ ގިނަ ބަޔަކުވެސް ބައިވެރިވެރިވިއެވެ.

މިހާރު ފާހަގަކުރަމުން މިދަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ، 59ވަނަ މިނިވަންދުވަހުގެ މުނާޞަބަތެވެ.