ހުކުރު ދުވަހުގެ ފަތިހުއްސުރެން މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހި، މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެއެވެ.

މާލޭގައި ބޮޑަށް ފެންބޮޑުވެފައި ވަނީ، މާފަންނު ސަރަހައްދުތަކުގައެވެ. އެގޮތުން މަޖީދީ މަގާއި، ކަނބާއައިސާ ރަނިހިގުމާއި، އަދި އަމީނީމަގުގެ ވެސް ބޮޑުބައެއްގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށްވެސް ދަތިވާވަރު ވެފައެވެ.

 

މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއަށް ގެންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނޭކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ހުކުރު ދުވަހު ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00އާ ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ، އެލަރޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިވެސް ގަދަވާނޭ ކަމަށެވެ.