ނޭޓޯގެ ގައުމުތަކުން ނިއުކްލިއަރ ޓެރަރިޒަމަށް ހިތްވަރުދީ، އަދި އެކަމަށް ވާގިވެރިވާކަމަށް ރަޝާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޮވާ ވިދާޅުވެއްޖެއެވެ.

ރަޝާގެ ކުރްޗިއަތަފްގައި ހުންނަ ނިއުކްލިޔަރ ޕްލާންޓަކަށް އަމާޒުކޮށް ޑްރޯން ހަމަލައެއް ދިނުމާ ގުޅިގެންގެ އެގައުމުން ވަނީ ހުޅަނގަށާއި ނޭޓޯއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން ޒަޚަރޮވާ ވިދާޅުވީ، ރަޝާގެ ނިއުކްލިޔަރ ޕްލާންޓަށް ގެއްލުންވެ، ނިއުކްލިޔަރ ކާރިސާއެއް ކުރިމަތިވެއްޖެ ނަމަ، ހުޅަނގާއި ޔޫކްރޭނަށް ޑްރޯން ފޯރުކޮށްދޭ ގައުމުތަކުގެ ރައްޔިތުންނަށް މާސްއަށް ހިޖުރަ ކުރާނެ ވަގުތު ވާނެހެން އެގައުމުގެ ވެރީންނަށް ހީވާކަމަށެވެ. ނަމަވެސް އެއީ ކުށްހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޭޓޯގެ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ އެ ގައުމުތަކުގެ ވެރީން ނިއުކްލިޔަރ ޓެރެރިޒަމަށް ހިތްވަރުދެމުންދާ ކަން،" ރަޝާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.