މޮސްކޯ (ސެޕްޓެމްބަރު 11) – ޔޫކްރެއިންއަށް ދުރު ރާސްތާގެ މިސައިލް ތައް ފޯރުކޮށްދިނުމާ ދެކޮޅަށް، ރަޝިޔާއިން ހުޅަނގަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

ކްރެމްލިންއިން ކަންބޮޑުވަނީ، ހުޅަނގުގެ މިފަދަ ފިޔަވަޅެއްގެ ސަބަބުން، ސަރަޙައްދީ ނުތަނަވަސްކަން އިތުރަށް ފުޅާވެ، ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ރަޝާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގޭ ރިޔާބްކޯވް ވަނީ މިފަދަ ފިޔަވަޅަކީ، "ބިރުބޮޑު" އަދި "ނުރައްކާތެރި" ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވަނީ، އީރާނުން މިހާރު ވަނީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތައް ރަޝިޔާއަށް ފޮނުވާފައި ކަމަށެވެ. އަދި ތެހެރާނުން އެކަން ދޮގުކުރި ނަމަވެސް، މޮސްކޯއިން މިހާރުވެސް ވަނީ ހަނގުރާމަ އެހެން ހަރުފަތަކަށް ގެންގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިނަށް ޒަމާނީ ހަތިޔާރު ފޯރުކޯށްދިނުމުގެ ބަހުސާއެކު ހުޅަނގުގެ ގައުމުތަކުގެ ތެރޭގައި އަދި އޮންލައިން ޕްލެޓްފޯމުތަކުގައި ވެސް ދަނީވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ތިންވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާ ވެސް ހިމެނޭ ގޮތަށް، ހުޅަނގުން އަޅާ މިފަދަ ފިޔަވަޅެއްގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވަމުންނެވެ.

ރަޝާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރްގޭ ރިޔާބްކޯވް ވަނީ މިފަދަ ފިޔަވަޅަކީ،

 

ރަޝާއިން އަދިވެސް ބުނާގޮތުން އެގައުމުން އަދިވެސް އޮތީ، ޔޫކްރެއިންގައި ކުރިއަށް ގެންދާ "ހާއްސަ އަސްކަރީ އޮޕަރޭޝަން" ކުރިއަށް ގެންދިއުމުގައި ސާބިތުކަމާ އެކީގައެވެ. އަދި ރަޝާއިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަނަކީ އެގައުމުގެ އިސްތިގުލާލާ ގުޅިފައިވާ ކަމެއް ކަމަށާއި، އެކަމަށް ހުރަސް އަޅާ ކޮންމެ ބަޔަކާވެސް ކުރިމަތިލާން ފަސް ނުޖެހޭނޭ ކަމަށް ބުނެފައެވެ.

ރަޝާއިން މީގެކުރިން ވެސް ވަނީ، މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއަށް ހުޅަނގުން ނުވަނުމަށާއި، އަދި ހަނގުރާމަ އިތުރަށް ފުޅާކުރާން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ފުރިހަމައަށް އެގައުމުން ތައްޔާރުވެފައިވާކަން ހާމަކޮށްފައެވެ.

ޔޫކްރެއިންއަށް ދުރު ރާސްތާގެ މިސައިލްތައް ފޯރުކޮށްދިނުމަށް ނިންމި ނިންމުމަކީ ސްޓްރެޓެޖިކް ގޮތުން ފައިދާ ބޮޑު ނަމަވެސް އޭގެ ނުރައްކާތައް ވެސް އިންތިހާއަށް ހުރި ނިންމުމެކެވެ.

މިފަދަ ހަތިޔާރުތަކުގެ ސަބަބުން ޔޫކްރެއިންގެ ދިފާއީ ގާބިލުކަން އިތުރުވެގެންދާއިރު، ހަމަ މީގެ ސަބަބުން، ރަޝިޔާއިން މިހާރަށްވުރެ ހަރުކަށި ރައްދެއް ދީ، ނޭދެވޭ ނަތީޖާއެއް ނުކުތުން ނުވަތަ ނޭޓޯގެ ޤައުމުތަކާ ސީދާ ކުރިމަތިލުމަކަށް މަގުފަހިވުމުގެ ފުރުސަތު ވެސް އެބައޮތެވެ.