މީގެ 27 އަހަރު ކުރިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ބޭނުންކުރަމުން އައި ލޯގޯ ބަދަލުކޮށް، ކުންފުނި ރީބްރޭންޑްކޮށްފިއެވެ.

މީގެ 36 އަހަރު ކުރިން އުފެއްދި އެމްޕީއެލް އެންމެ ފުރަތަމަ ހިންގަމުން އައީ، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައެވެ. އަދި 2008 ވަނަ އަހަރު އެ ކުންފުނީގެ ނަން، މޯލްޑިވްސް ޕޯރޓްސް ލިމިޑަށް ބަދަލުކޮށް، 100 ޕަސެންޓް ހިއްސާވާ ސަރުކާރު ކުންފުންޏެއްގެ ގޮތުގައި ކޯޕޮރަޓައިޒްކުރިއެވެ. އަދި މިއީ އެމްޕީއެލްގެ ތާރީޚުގައި އެ ކުންފުނީގެ ބްރޭންޑިންގ ބަދަލުކުރި ފުރަމަތަމަ ފަހަރެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެންވޭރު ދަނޑުގައި ބޭއްވި އެމްޕީއެލް ސްޓާފް ނައިޓްގައި، އެ ކުންފުނީގެ އާ ލޯގޯ ދައްކާލާފައިވެއެވެ.

 

ރީބްރޭންޑް ކުރުމާ ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، 27 އަހަރު ވީ ލޯގޯ ބަދަލުކޮށް، ކުންފުނި ރީބްރޭންޑްކުރީ ޕޯޓުގެ ޚިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައިކަމަށެވެ.

 

ކުންފުނި ރީބްރޭންޑާ އެކު އެމްޕީއެލްގެ ޔުނީފޯމަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އާ ޔުނިފޯމަކީ "ހައި ވިޒިބިލިޓީ" ފަށްތައް ހިމެނިފައިވާ ޔުނިފޯމެއްކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.