ގައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލީޓަށް ATR42-600ގެ އިތުރު ދެ މަތިންދާ ބޯޓު ގަނެދޭނޭ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން އިއުލާނުކޮށްފިއެވެ.

އައިއޭއެސްއެލުން ބުނެފައިވަނީ، އެ ކުންފުންޏަށް ATR42-600ގެ ދެ ބޯޓު ގަތުމަށް ބޭނުންވާ ފައިސާ،. ކަނޑައެޅިފައިވާ ޝަރުތުތަކާއެކު ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް 18 ޖުލައި 2023ގެ 10:00އާ ހަމަށް ފުރުސަތު ހުޅުވާލައިފައި ވާ ކަމަށެވެ. އަދި 22 ޖުލައިގެ ކުރީން ޕްރޮޕޯސަލް ހުށަހަޅަން ވަނީ ބުނެފައެވެ.

މިދިޔަ އޭޕްރީލު މަހު ވެސް ވަނީ މޯލްޑިވިއަން އިން އޭޓީއާރު މަރުކާގެ އިތުރު 5 މަތިންދާބޯޓު ގެންނަން ނިންމައި އެ ބޯޓުތައް ކުއްޔަށް ހޯދައިދޭނޭ ފަރާތްތެއް ހޯދުމަށް އިއުލާނުކޮށްފައެވެ.