މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފެޅި 7 މީހުންގެ ތެރޭން ކޮންމެ މީހަކު 198،000ރ އިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފައިވާގޮތުން، އެއް މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކާގޮތަށް މި އެންމެން ޖޫރިމަނާކޮށްފައި ވަނީ ޖޫން 20ގައެވެ.

އީޕީއޭއިން ކުރިން ބުނެފައިވާގޮތުން، ކެޔޮދޫގައި ވެލާފެޅި 7 މީހުން ނިސްބަތްވަނީ ބ. ކެންދޫއަށެވެ. އެމީހުންގެ ޖޫރިމަނާގެ ގޮތުގައި ބޮލަކަށް 198.000ރ ޖެހޭއިރު އެއީ ޖުމުލަ 1.386 މިލިއަން ރުފިޔާއެވެ.

ވެލައާއި ކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދެބާވަތެވެ.