ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން 14 އޮގަސްޓު 2024 ވާ ބުދަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަ ޖެއްސެވިޔަސް ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ބަންދު ނުކޮށް، ޚިދުމަތްތައް ދޭނޭކަމަށް ބުނެފިއެވެ. 

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، "މި އޮތޯރިޓީ އާއި ބޭންކުތަކުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ދެމުންދާޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން 14 އޮގަސްޓު 2024 ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެ ކަމުގައި"އެވެ. 

14 އޮގަސްޓު 2024ގައި މި އޮތޯރިޓީން ޚިދުމަތްދޭ ގަޑިތައް:

  • ބޭންކިންގ ޚިދުމަތް: ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް، ހެނދުނު 08:30 އިން މެންދުރު 14:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު ފަހު 14:00 އަށ.ް

މަރުކަޒީ ބޭންކުން ބުނީ، ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.