ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ނިސްބަތް 70 ޕަސެންޓަށް އިތުރުކޮށް ދޭން އެދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހުށަހަޅައިއެވެ.

މަޓީން ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅީ ބިދޭސީ މުވައްޒަފުން 70 ޕަސެންޓަށް އިތުރުކޮށް ދިވެހި މުވައްޒަފުން ގެންގުޅުމަށް ލާޒިމުކުރާ ނިސްބަތް 30 ޕަސެންޓަށް ދަށްކޮށް ދިނުމަށެވެ. އެހެންވެ އެ ހުށަހެޅުމާ ގުޅިގެން ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން، ދިވެހި މުވައްޒަފުންގެ ނިސްބަތަށް ގެންނާނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުގެ ވިސްނުން ހުރީ ދިވެހި މުވައްޒަފުންގެ އަދަދު ޓޫރިޒަމް ދާއިރާގައި އިތުރު ކުރަން ކަމަށެވެ. އެހެންވެ، އުސޫލަށް ބަދަލު ގެންނާނީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ބެލުމަށް ފަހު ކަމަށް ބުންޏެވެ.

ބިދޭސީ މުވައްޒަފުންގެ ނިސްބަތް މަތިކުރަން މަޓީން ހުށަހެޅި "ޕީޕަލް ފަސްޓް އެޗްއާރް ކޮންސަލްޓެންސީ" އިން ހެދި ދިރާސާއަކަަށް ބިނާކޮށެވެ. އޭގައި ފާހަގަކޮށްފައިވާ ގޮތުގައި 2023-2027 އާ ހަމައަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް ވަޒީފާ އަދާކުރާ ދިވެހިންނެއް ނެތެވެ. އެހެންވެ ރާއްޖޭގެ އިގުތިސާދު އެ ސިނާއަތަށް ބަރޯސާވެފައިވާ ޓޫރިޒަމް ސިނާއަތަށް 2027 ވަނަ އަހަރު 78،000 މުވައްޒަފުން ބޭނުންވާ ކަމަށް ބުންޏެވެ. އެކަމަކު އެ މުއްދަތަށް އުފެއްދެން އޮތީ 18،000 އެއްހާ ދިވެހިން ކަމަށް ވެސް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.