އައު އަހަރާއި އެކު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފިއެވެ.

އާއަހަރާއި އެކު ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިޔާ އަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ބެންޖަމިން ޑަންކަން އެވެ. އޭނާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ، ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލްއާއި އާއި އެމްއެމްއާރްސީ އަދި އެމްއޭސީއެލްގެ އިތުރުން ބައެއް އެހެނިހެން މުޢައްސަސާތަކުގެ އިސްވެރިންނެވެ.

ބެންޖަމިން އަހަރުގެ ފުރަތަމަ ފަތުވެރިޔާއަށް ވެގެން ދިޔައިރު އެނާ ބުނީ، މިއީ އޭނާ ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރު ކަމަށެވެ. އޭނާ މިދަތުރުގައި ރާއްޖޭގެ ފަރުތައް ބަލާލާއި އަދި ޑޯލްފިން ބަލަން ދިއުން ފަދަ ކަންކަން ކުރަން ގަސްތު ކުރާ ކަމަށް މީޑިއާތަކާއި ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.