ރ. އިނގުރައިދޫ އިސް މެޖިސްޓްރޭޓު މުހައްމަދު ރަޝާދުގެ ސައިކަލު ރޯކޮށްލައިފިއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނަގެ ސައިކަލުގައި ބުރާސްފަތި ދުވަހުގެ ރޭ މެންދަރު ރޯކޮށްލުމާ ގުޅިގެން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، ކަމާބެހޭ އިދާރާތަކުން ވީ އެންމެ އަވަހަކަށް މައްސަލަ ބަލައި ތަހުގީގުކޮށް، އެ އަމަލު ހިންގި ބަޔަކު ގޯދައި އަދަބު ދޭން ގޮވާލާފައިވެއެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއިން ބުނީ ފަނޑިޔާރުންނަކީ އެ މީހުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން ނުރައްކަލަކަށް ހުށަހެޅިދާނެ ބައެއްކަމުން، ސަލާމަތީ ރައްކާތެކަން ފޯރުކޮށް ދިނުމަށް ގާނޫނުގައި ލާޒިމު ވެސް ކުރާ ކަމަށެވެ.