އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ އުމުރުން 18 އަހަރުގެ މުޙައްމަދު ނައީޝް ހޯދަން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމާއި ނަމަވެސް، އަދި މިހާތަނަށް އޭނާގެ ޚަބަރެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ނައީޝް ގެއްލިގެން ހޯދަމުން ދަނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން ދިޔަފަހުން އޭނާގެ ޚަބަރެއް ނުވެގެންނެވެ. 

އެމްއެންޑީއެފުން ބުނެފައިވާ ގޮތުން، އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި މިހާތަނަށް ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ނައީޝް ހޯދުމުގެ ސާޗް އޮޕަރޭޝަން އެމްއެންޑީއެފްއިން ހުއްޓާނުލާ މިއަދު ވެސް ކުރިއަށް ގެންދެ އެވެ. މި އޮޕަރޭޝަންގައި ކުރިއަށް ގެންދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ވައިގެ އުޅަނދުތަކުގެ ބަދަލުގައި މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ.

ނައީޝްގެ ބައްފަ ނަސްރުއްނައީމާ ހަވާލާދީ "މިހާރު"ން ބުނެފައިވާގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ 9:30 ހާއިރު "ތިމަންނާ ގެނބެނީއޭ ސަލާމަތް ކުރާށޭ" ކިޔައިފައި ނާއިޝް ގޮވަމުންދިޔަ ކަމަށް އޭނާއާ އެކު މޫދަށްދިޔަ ދައްތަގެ ދަރިފުޅު ބުންޏެވެ. 

"އެކަމަކު ދައްތަގެ ދަރިފުޅު ބުނީ އަތާ އަތް ކިރިޔަ ކިރިޔާ ޖެހޭ ނުޖެހޭ ވަރުގައި އޮއްވައި އޮޔާ ދަމައިގެންފިއޭ. ދެން އެ މީހުން އަވަހަށް އެއްގަމަށް އަރައިފައި ޕޮލިހަށް ރިޕޯޓް ކުރީ. ދެން އަވަހަށް އެންމެން ނުކުމެ ހޯދަން ފެށީ. ގެއްލުނު އިރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ނާއިޝްގެ އަތުގައި އޮތް ޓޯޗު ވެސް އޮތީ ދިއްލައިފައި،" ނަސްރު ބުންޏެވެ.