ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ (އެންސީޓީސީ) ގެ ވެރިޔަކަށް ދާދި ފަހުން ސިފައިންގެ ހިދުމަތުން ރިޓަޔަކުރެއްވި ވައިސް ވަހީދު އައްޔަންކޮށްފި އެވެ.

އެންސީޓީސީގެ ޑިރެކްޓަ ޖެނަރަލްގެ މަގާމަށް ވައިސް އައްޔަންކުރެއްވި އެ މަގާމުގައި ހުންނެވި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގަ އެވެ. ޒަކަރިއްޔާ އަކީ 37 އަހަރަށް ފަހު ޑިސެމްބަރު 9، 2021 ގައި ސިފައިންގެ ގެއިން ރިޓަޔަކުރެއްވި ބޭފުޅެކެވެ.

އެންސީޓީސީގެ އާ ވެރިޔަކަށް އައްޔަންކުރި ވައިސް އަކީ ސިފައިންގެ ހިދުމަތުގައި 34 އަހަރު އުޅުއްވި ބޭފުޅެކެވެ. މޭޖާ ޖެނެރަލް ވައިސް ސިފައިންގެ ރިޓަޔާކުރެއްވީ މި މަހުގެ 12 ގަ އެވެ.