މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަންކޮށްފި އެވެ.

ފާތުމަތު ވަނީ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މެނޭޖިން ޑިރެކްޓަރުކަމާއި ވެމްކޯގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރުގެ މަގާމާއި ލޮޖިސްޓިކްސް މެނޭޖަރުކަން ކުރައްވާފައިވައެވެ. މީގެ އިތުރުން ފަރާޖަލްބޫޓް މޯލްޑިވްސްގައި އެޗްއާރު އެންޑް އެޑްމިން މެނޭޖަރުކަން ކުރެއްވުމުގެ އިތުރުން އެލިއާ އިންވެސްޓްމެންޓްގެ އެޗްއާރް އެސިސްޓެންޓް ކަމުގެ މަގާމު ވެސް ފާތުމަތު އަދާކުރައްވާފައިވެ އެވެ.

އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގައި ވެސް މަސައްކަތްކުރެއްވި ފާތިމަތަކީ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.