މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާ އިތުރު ދެ ބޭންކަކުން ގުޅިއްޖެއެވެ.

އެއަށް އިތުރު ދެ ބޭންކަކީ ބޭންކް އޮފް ސިލޯން (ބީއޯސީ) އާއި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އެވެ. އެއާ ކުރިން ގުޅިފައވާ ބޭންކްތަކަކީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ.

މަރުކަޒީ ބޭންކުން ބުނީ "ފަވަރަ" އާ ގުޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިން ނިންމާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން އަލަށް ސިސްޓަމާ ގުޅުނު ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ ހުރިހާ ހިދުމަތްތައް ލިބޭނެ އެވެ. ދާނެކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.

"ފަވަރަ" އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އެކައުންޓް ވެރިފިކޭޝަން، އިންސްޓަންޓް ޕޭމަންޓްސް، ރިކުއެސްޓް ޓު ޕޭ އަދި ސްމާޓް އެޑްރެސިން ހިމެނެއެވެ.