ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް ޕްރޮސިކިއުޓަރ ޖެނެރަލް އަމާޒުކުރައްވަނީ ބައްސާމް އަށެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހެކިހޯދުމަށް ފަހު ދައުވާ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ބައްސާާމްގެ ޕާސްޕޯޓު މިއަދު ވަނީ ހިފަހައްޓައިފައެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ބައްސާމަކީ ވަރަށް ގިނައިން ބޭރުގެ އެކި ގައުމުތަކަށް ދަތުރުކުރައްވާ ބޭފުޅެކެވެ.