ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ)އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، "ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކުއަށް ހަމަލާދީ މާރާމާރީ ހިންގައި، މަރުގެ އިންޒާރުދިން މައްސަލައެއް" ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޫކޭ އެކްސްގައި މީހެއްގެ ފޮޓޯއާއެކު ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، "މީނާ ވަނީ މިއަދު ހަވީރު އަޅުގަނޑު ދަރިފުޅާއި އެކު ސައިކަލުގައި ދަނިކޮށް އަޅުގަނޑާއި ދަރިފުޅަށް އަވަގުރާނަ ގޮވާ ގަޔަށް އަތްލާ މާރާމާރީ ހިންގާފަ. އަދި ދަރިފުޅާއި އަޅުގަނޑު މަރާލާނެ ކަމަށްބުނެ އިންޒާރުވެސް ދީފަ. މި މައްސަލަ މިހާރު ވާނީ @PoliceMv އަށް ހުށައަޅާފައި" ކަމަށެވެ. 

މޫކޭގެ އެކްސް ޕޯސްޓް