ހދ. ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓުގައި ސިލިންޑަރެއް ގޮވުމުގެ ސަބަބުން ބަޔަކަށް އަނިޔާވެއްޖެއެވެ. 

ފުލުހުން ބުނީ، ބުރާސްފަތި ދުވަހު 11:45 ކަންހާއިރު މި ހާދިސާ ހިނގާފައި ވަނީ، "ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ފަޔަރގެ ޓްރޭނިންގގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި" ކަމަށެވެ. 

ސިލިންޑަރު ގޮވުމުގެ ހާދިސާގައި ކުޅުދުއްފުށި ސިޓީ އެއަރޕޯޓް ފަޔަރުގައި މަސައްކަތްކުރާ 4 މުވައްޒަފަކަށް އަނިޔާވެގެން، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.