ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ޒުވާނާގެ ބަންދަށް 60 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ، ޢުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އަދި ފުލުހުން މިއަދު ވަނީ، އަދި އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ބުނެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ބުނީ، "ގދ. ވާދޫގައި ވޯޓުލާން ދިޔަ މީހަކު، ވޯޓުފޮށި ފަޅާލާފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވާތީ، ފުލުހުން ދަނީ ޚަރަކާތްތެރިވަމުން" ކަމަށެވެ. އަދި "މައްސަލައާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފައި" ވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ގދ. ވާދޫގައި ހިނގި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައިވާކަމަށާއި އެ މައްސަލަ ބެލުމުން އޭނާ ހިތްހަމަނުޖެހުނީ އައިޑީކާޑުގެ މައްސަލައެއްގައިކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން އިލެކްޝަނުންވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނާނެފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަމަށް ބުނެފައެވެ.

ވާދޫ ކައުންސިލުން ބުނީ، އެރަށުގައި ވޯޓުލާން ދިޔަ ޒުވާނަކަށް އައިޑީ ކާޑު ނުގެންދާތީ، ކިއޫ ބަންދުކުރިއިރު އޭނާއަށް ވޯޓު ނުލެވުމުން، ރުޅިއައިސްގެން ""ވޯޓު ފޮށި ބިންމައްޗަށް ޖެހީ" ކަމަށާއި އަދި އޭގެ ފަހުން އިތުރު ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.