މިއަދު ރާއްޖޭގައި ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓުފޮށްޓެއް ފަޅާލައިފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، "ގދ. ވާދޫގައި ވޯޓުލާން ދިޔަ މީހަކު، ވޯޓުފޮށި ފަޅާލާފައިވާ މައްސަލަ ރިޕޯޓުކޮށްފައި ވާތީ، ފުލުހުން ދަނީ ޚަރަކާތްތެރިވަމުން" ކަމަށެވެ.

އަދި "މައްސަލައާ ގުޅިގެން އެމީހާ ވަނީ ހައްޔަރުކޮށްފައި" ކަމަށްވެސް ފުލުހުން ބުނެއެވެ. 

ވާދޫ ކައުންސިލުން ބުނީ، އެރަށުގައި ވޯޓުލާން ދިޔަ ޒުވާނަކަށް އައިޑީ ކާޑު ނުގެންދާތީ، ކިއޫ ބަންދުކުރިއިރު އޭނާއަށް ވޯޓު ނުލެވުމުން، ރުޅިއައިސްގެން ""ވޯޓު ފޮށި ބިންމައްޗަށް ޖެހީ" ކަމަށާއި އަދި އޭގެ ފަހުން އިތުރު ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.