ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 8:00 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓުކަރުދާސް ދެއްކުމާއި ފޮޓޯ ނެގުންފަދަ މައްސަލަ ތަކުގައި 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ އޮޕަރޭޝަން ބްލޫވޭވް ޓީމުން ބުނީ، "ވޯޓް ކަރުދާސް ދެއްކުމާއި ފޮޓޯ ނެގުމާ ގުޅިގެން މިއަދު މިހާތަނަށް 14 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ކަމަށެވެ. 

ފުލުހުންގެ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރު ވަނީ ތިރީގައި މިވާ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

ވޯޓުލާން ބޭނުންވާ ތަކެތި ފިޔަވައި އެހެންތަކެތި ވޯޓުލާ ސަރަހައްދަށް ނުވައްދަވާވޯޓުލާން ހުއްޓެންޖެހޭ ކިޔު ޔަގީން ކުރައްވާޥޯޓު ލުމަށްފަހު މަޑުނުކުރައްވާ ވަޑައިގަންނަވާއަމާންކަމަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ނުކުރައްވާ