ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު 8:00 އިން ފެށިގެން ކުރިއަށްދާއިރު، ވޯޓުކަރުދާސް ދެއްކުމާއި ފޮޓޯ ނެގުންފަދަ މައްސަލަ ތަކުގައި 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުންގެ އޮޕަރޭޝަން ބްލޫވޭވް ޓީމުން ބުނީ، "ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ. އެމީހުންގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފައި،" ކަމަށެވެ. 

މީގެ އިތުރުން، "ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އޮޕަރޭޝަން ބްލޫވޭވްގެ ކޮމާންޑަރު ވަނީ ތިރީގައި މިވާ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

  • ވޯޓުލާން ބޭނުންވާ ތަކެތި ފިޔަވައި އެހެންތަކެތި ވޯޓުލާ ސަރަހައްދަށް ނުވައްދަވާ
  • ވޯޓުލާން ހުއްޓެންޖެހޭ ކިޔު ޔަގީން ކުރައްވާ
  • ޥޯޓު ލުމަށްފަހު މަޑުނުކުރައްވާ ވަޑައިގަންނަވާ
  • އަމާންކަމަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ނުކުރައްވާ