ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ލ. ފޮނަދޫގައި ހުރި ވޯޓުލާ މަރުކަރެއްގެ އޮފިޝަލަކު ވޯޓު ކަރުދާސް ދޫކުރާއިރު އޭގައި ކުރަހާފައި ދޫކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ދިވެހި ފުލުހުންވެސް ވަނީ އެފަދަ މައްސަލައެއް ހިނގާފައިވާކަން ކަށަވަރުކޮށްދީފައެވެ.

"ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވޭ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުން ބުންޏެވެ. 

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، "ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއްވަނީ ފެންމަތި ވެފައި. މި 3 ކަރުދާސް ދޫކޮށްފައިވަނީ އަޅުގަނޑުމެންގެ ޔަގީން ވޯޓަކަށް،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ސިރާޖް ވިދާޅުވީ، "ވޯޓު ބާތިލު ކުރަން މިފަދަކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އެދެން." ކަމަށެވެ.