މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 22:55 ކަންހާއިރު، ފުވައްމުލައް ސިޓީގެ ނައިބުތުއްތު މަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްބަރެއްގެ މަތިން ކައްސާލައިގެން ވެއްޓި، އެ ސައިކަލު ދުއްވަން އިން ޒުވާނަކަށް މާލެގެނެސް އިތުރު ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، "ފުވައްމުލަކު ނައިބުތުއްތު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ބަމްޕަރަކަށް އަރައި ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް،" ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 22:55 އެހައިކަންހާ އިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

"މިހާދިސާގައި ސައިލް ދުއްވި މީހާއަށް އަނިޔާ ވެގެން ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ ދިނުމަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު މާލެގެނެސް، އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް، މިއަދު އޭނަ ނިޔާވެފައިވާ ކަމަށް އޭޑީކޭއިން މައުލޫމާތު ދީފައިވޭ." ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ، " ނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް،" ކަމަށާއި، "އޭނާ އަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް،" ކަމަށެވެ. 

މީގެ އިތުރުން މި ހާދިސާއާ ގުޅިގެން ބަލާންޖެހޭ ކަންކަން ބަލަމުން ދާކަަމަށް ވެސް ދިވެހި ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.