މިއަދު ރިޔާސީ އިންތިޚާބުގައި ވޯޓުލާން ގޮސް، ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

ފުލުހުން ބުނީ މިއަދު ވޯޓާއި ގުޅިގެން މިހާތަނަށް ޖުމްލަ 7 މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭން ފުރަތަމަ 6 މީހަކު ދޫކޮށްލާފައި ވާކަމަށެވެ.

"ވޯޓު ކަރުދާސް ދެއްކުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ މިހާރުވަނީ ދޫކޮށްލާފައި. މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް 7 މީހަކު ގެނެސްފައިވާއިރު، އެންމެންވެސް މިހާރު ވަނީ ދޫކޮށްލާފައި." ފުލުހުން މައުލޫމާތުދެއެވެ. 

މިއަދު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ވޯޓު ލުމުގެ ކަންކަން މިހާތަނަށް ގޮސްފައިވަނީ އަމާންކަމާ އެކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.