މިއަދު ސެޕްޓެމްބަރ 6 ވަނަ ދުވަހަކީ ދިވެހި ތާރީޚުގައިވެސް މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި އަދި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގު (ދަގަނޑޭ)ގެ އުފަންދުވަހެވެ.

މިހާރު ޢުމުރުން 38 އަހަރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނަކީ، ރާއްޖޭގެ އިތުރުން މި ސަރަހައްދުގައިވެސް އުފެދުނު އެންމެ މޮޅު އަދި ކުޅުންތެރީން އެންމެ ޖެހިލުންވާ އެއް ކުޅުންތެރިޔާއެވެ.

އަސްލު ނިއުސް ޓީމާއި ކިޔުންތެރީންގެ ފަރާތުން އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެންމެހާ ފަރާތްތަކުގެ ނަމުގައި ދިވެހިންގެ ފުޓްބޯޅަ ލެޖެންޑަށް އުފާވެރި އުފަންދުވަހަކަށް އެދެމެވެ. އަދި ބާއްޖަވެރި އުޖާލާ މުސްތަގުބަލަކަށް އެދެމެވެ.