ފަތުރުވެރީންނަށް ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އިންޑިއާގެ މަޝްހޫރު ފަރާތްތަކާއެކު މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރެއް ކުރިއަށްގެންގޮސްފިއެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ އިންޑިއާގެ އިންފުލުއެންސަރުންގެ 5 މެންބަރުންގެ މައްޗަށް ހިމެނޭ މި ޓީމާއެކު، އެމްއެމްޕީއާރްސީން ލަފާކުރާގޮތުން، ރާއްޖޭގެ ރީތިކަމާއި ލަގްޒަރީ އޮފަރތައް، އިންޑިއާގެ ގާތްގަނޑަކަށް 14 މިލިއަން ފަތުރުވެރިންނާ ހަމައަށް ފޯރާނެއެވެ.

އެމްއެމްޕީއާރްސީން ބުނާގޮތުން، މި ދަތުރު ކުރިއަށް ގެންގޮސްފައި މިވަނީ ޖުލައި މަހުގެ ތެރޭގައެވެ.

ޖުލައި މަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާ ފަތުރުވެރީންގެ ޖުމުލަ އަދަދަކީ 122،375އެވެ.