ޤަވާއިދުން އަހަރީ ރިޕޯޓް ހުށަނާޅާ، އަދި ހިންގާ ކޮމެޓީ ރަޖިސްޓްރީ ނުކުރާ ޖަމިއްޔާތައް ހިމެނޭގޮތަށް 1989 ޖަމިއްޔާއެއް އުވާލަން ނިންމައި، ނަމަވެސް، ދެވަނަ ފުރުސަތެއް ދޭގޮތަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ގެޒެޓްކޮށްފިއެވެ.

ޔޫތު މިނިސްޓްރީން އުވާލަން ނިންމާފައިވާ ޖަމިއްޔާ ޖަމާއަތްތަކަކީ، އެ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ޖެހިޖެހިގެން 2 އަހަރު ހިންގާ ގަވާއިދާ އެއްގޮތަށް އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާ، ނުވަތަ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައި ނުވާ ޖަމިއްޔާ ޖަމާއަތްތަކެވެ.

ކުރީންވެސް ފުރުސަތު ދީފައިވާކަން ފާހަގަކުރަމުން ޔޫތު މިނިސްޓްރީން ބުނީ، މިހާރު އުވާލަން ނިންމާފައިވާ 1989 ޖަމިއްޔާ ޖަމާއަތަށް އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް، އިތުރު ފުރުސަތެއްދީފައި ވާ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ލިޔެކިޔުން ފުރިހަމަ ނުކޮށްފި ނަމަ އެފަރާތްތައް ޖަމިއްޔާތަކުގެ ރަޖިސްޓްރީން އުނިކުރާނޭ ކަމަށްވެސް އިއުލާނުގައިވެއެވެ.