ތަފާތު އެކި ފަހަރުމަތީން، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން އެބަކުރެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ވެރިފަރާތް ހޯދާ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް ގެންގުޅުނު މީހުންނަށް ބުނެދެވިފައި ނުވާތީ އަތުލައިގެން ގެނެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ހިމެނޭކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މިފަދަ ބައެއް ތަކެތީގެ ތެރޭގައި:
- ޖުލައި 6 ވަނަ ދުވަހު ޖަވާހިރުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ކަރަންޓު ބުރުމާއެއް. (މާފަންނު ޕޮލިސް ސްޓޭޝަން)
- ޖުލައި 11 ވަނަ ދުވަހު ހިލާލީމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހޮޅިރޯލަކާއި ޓޫލްސްތަކެއް. (މާފަންނު ޕޮލިސް ސްޓޭޝަން)
- ޖުލައި 14 ވަނަ ދުވަހު ކެނެރީގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ދަގަނޑު ދެ ސްޓޭންޑް. (މާފަންނު ޕޮލިސް ސްޓޭޝަން)
- ޖުލައި 16 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ އެމްއައި ބްރޭންޑުގެ މޯބައިލް ފޯނެއް. (މާފަންނު ޕޮލިސް ސްޓޭޝަން)
- ޖުލައި 7 ވަނަ ދުވަހު ޖުމްހޫރީ މައިދާން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ 110 ރުފިޔާ. (ގަލޮޅު ޕޮލިސް ސްޓޭޝަން)
- ޖޫން 25 ވަނަ ދުވަހު މާލެ 1 ނަމްބަރ ޖެޓީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ ސާމާނުތަކެއްހުރި ހުދުކުލައިގެ ކޮތަޅެއް. (ގަލޮޅު ޕޮލިސް ރެސްޕޮންސް އެންޑް ޕެޓްރޯލް)
- ޖޫން 29 ވަނަ ދުވަހު މާލެ 1 ނަމްބަރ ޖެޓީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ ބޭބީ ސްޓޯލަރއެއް. (ގަލޮޅު ޕޮލިސް ރެސްޕޮންސް އެންޑް ޕެޓްރޯލް)
މި ތަކެތީގެ ވެރިފަރާތުން ކާކުކަން އެނގޭނެ ލިޔުމަކާއެކު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.