މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރީންގެ ޢަދަދު މިލިޔަނަކަށް އަރައިފިއެވެ. އެއް މިލިޔަން ވަނަ ފަތުރުވެރިޔާއަކީ، ރާއްޖެއަށް އަބަދުވެސް އެންމެ ގިނައިން ފަތުރުވެރީން ޒިޔާރާތްކުރާ އެއް ގައުމު ކަމަށްވާ ރަޝާގެ ފިރިހެނެއް ކަމަށްވާ އެންޓޮން ޕަވްލޮވްއެވެ. އޭނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށާއި އޭނާގެ ޢާއިލާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރުސީއާއި އެމްއޭސީއެލްގެ އިތުރުން އިމިގްރޭޝަންގެ އިސްވެރީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ކުލަގަދަ ހަފްލާގައި ބައިވެރިވަޑައިގަތެވެ.

 

މިއަހަރު ރާއްޖެއައި އެއް މިލިޔަން ވަނަ ފަތުރުވެރިޔާއާ އޭނާގެ ޢާއިލާ ރާއްޖެއަށް ޒިޔާރާތްކުރި މިއީ ފުރަތަމަ ފަހަރެވެ. ދެ ހަފްތާގެ މުއްދަތަށް ރާއްޖެއައި ޕަވްލޮވް ބުނީ، އޭނާއަށް ކީ ހޫނު މަރުހާބާގެ ސަބަބުން އޭނާއާ ޢާއިލާއަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށާއި އަދި ކުރިއަށް އޮތްތާނގައިވެސް ރާއްޖެއަންނާނޭކަމަށެވެ.