މިއަހަރުގެ ފިޠުރު ޒަކާތް ދެއްކުމުގެ ސުންގަނޑިތައް މޯލްޑިވްސް ޒަކާތު ހައުސްއިން މިވަނީ ޢާންމުކޮށްފައެވެ. 

ފިޠުރުޒަކާތް ބަލައިގަތުމުގެ ސުންގަޑިތައް

  • ބަނޑޭރި ޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުންއޭޕްރީލް 6ވަނަ ދުވަހުގެ 23:59
  • ބަނޑޭރިޕޭރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00
  • އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ބެހެއްޓިފައިވާ ކައުންޓަރުތަކުންރަމަޟާންމަހުގެ ފަހު ދުވަހުގެ 14:00
  • ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުންރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00

ފިޠުރު ޒަކާތަކީ މުސްލިމުންގެ ތެރެއިން ބޮޑެތިމީހުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މިނިވަނުންނާއި އަޅުންގެ މައްޗަށް ވާޖިބެކެވެ. ނެރެން ޖެހޭ މިންވަރަކީ، ނަބަވީ ޞާޢެއްގެ މިންވަރެވެ. މިޘްޤާލުން ބަލާއިރު އެއީ 480 މިޘްޤާލެވެ. އަދި ކިލޯއިން އެއީ 2.040 ކިލޯއެވެ. ނުވަތަ އެއަށް ޖެހޭ އަގެވެ. 

ޒަކާތުގެ ޙިކުމަތްތަކުގެ ތެރޭގައި، ފަޤީރުންނަށް އިޙްސާންތެރިވުމާއި، ޢީދު ދުވަހުގައި ސަލާމް ޖެހުމުން ދުރުހެލިކުރުވުމާއި، މުއްސަނދިންނެކޭ އެއްފަދައިން ފަޤީރުންވެސް އެދުވަހުގައި އުފަލުގައި ބައިވެރިވުމާއި، ރޯދަވެރިޔާގެ ރޯދައިގައި މެދުވެރިވެފައިވާ އުނިކަމާއި ފާފަތަކާ އަދި ބޭކާރު ކަންކަން ޠާހިރުކުރެވުމާއި، ރަމަޟާން މަސް ފުރިހަމަކޮށްދެއްވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުން ހިމެނެއެވެ.