ކުޅުދުއްފުށީ އެއާޕޯޓަށް މިދިޔަ ހުކުރު ދުވަހު ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ކަމަށް ބެލެވޭ އެއްޗެއް ފެނުނު ނަމަވެސް މިހާތަނަށް އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މީހާގެ އަތުން ފެނުނީ ތަޅުދަނޑިއަށް ލައްވާ އެއްޗެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ވަޒަނެއް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ތަހުގީގެއް ކުރިއަށް ދިޔަ ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެފަދަ ހަތިޔާރާ އެކު ދަތުރު ކުރާ މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ.