އާ އަހަރާ ދިމާކޮށް ކަނޑުމަގުން އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތައް އިތުރުވާނެތީ އުޅަނދުތައް ޗެކްކުރަން މެރިން ފުލުހުން އޮޕަރޭޝަނެއް ފަށައިފިއެވެ.

މެރިން ފުލުހުން ބުނީ މި އޮޕަރޭޝަން ހާއްސަކޮށްފައި ވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އެހެންވެ މާލެ އާއި ރަށްރަށާ ދޭތެރޭ ދަތުރުކުރާ އުޅަނދުތައް ޗެކްކުރާނެ އެވެ. މި އޮޕަރޭޝަނުގައި އެންމެ ބޮޑަށް ބަލާނީ އުޅަނދުތައް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް އަމަލުކުރޭތޯ އެވެ.

އެގޮތުން ސަލާމަތީ ކަންކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައި ހުރިތޯ ކަށަވަރު ކުރާނެއެވެ.

މެރިން ފުލުހުން ބުނީ އޮޕަރޭޝަންގެ އެންމެ ބޮޑު ބޭނުމަކީ ކަނޑުމަގުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.