ހުޅުމާލޭގައި ރޭ އިރާކޮޅު މަންމަ އަށް ތޫނު އެއްޗަކުން ހަމަލާ ދިނީ ނަފުސާނީ ބަލީގެ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ 1 ގައި ހުންނަ ފްލެޓެއްގައި ފިރިހެނަކު، އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ރޭ 7:00 ޖަހާކަށްހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި 51 އަހަރުގެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ ހޮސްޕިޓަލާ ހަވާލައިދީ، ފުލުހުން ބުނީ އަންހެން މީހާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ބުނީ 25 އަހަރުގެ މީހާ އޭނަގެ މަންމައަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގެ ތެރެއިން ކަމަށެވެ. އަދި އެ މީހާ އަކީ ނަފުސާނީ ބަލީގެ މީހަކަށްވާތީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އޭނަ އަށް އައިޖީއެޗްގައި މިހާރު ފަރުވާތަކެއް ދެމުނ އަންނަ ކަމަށް ފުލުހުން ބުންޏެވެ.