ރާއްޖޭގެ 29 ރަށެއްގެ މެޖިސްޓްރޭޓް ކޯޓްތަކަށް ފަނޑިޔާރު ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިއުލާންކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެއިން ވަޒީފާއަކަށް ކުރިމަތިލުމަށް ޝައުގުވެރިވެ، ޝަރުތު ހަމަވާ މީހުން ފޯމު ހުށަހަޅަން ހުޅުވާލީ މި ހިނގާ ޑިސެމްބަރު 31، ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެ މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހެނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.

ޖޭއެސްސީ އިން ފަނޑިޔާރުން ހޯދަން އިއުލާންކުރި ކޯޓްތަކަކީ:

  1. އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓް
  2. ހއ. ބާރަށް މެޖިސްޓްރޭޓް ކޯޓް
  3. ހއ. މާރަންދޫ މެޖިސްޓްރޭޓް ކޯޓް
  4. ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓް
  5. ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
  6. ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓް
  7. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް
  8. ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓް
  9. ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް
  10. ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
  11. ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓް
  12. ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް
  13. ކ. ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
  14. އއ. ހިމަންދޫ މެޖިސްޓްރޭޓް ކޯޓް
  15. އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓް
  16. އއ. ފެރިދޫ މެޖިސްޓްރޭޓް ކޯޓް
  17. އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓް
  18. ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓް
  19. ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓް
  20. ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް
  21. ދ. މީދޫ މެޖިސްޓްރޭޓް ކޯޓް
  22. ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް
  23. ލ. މާވަށު މެޖިސްޓްރޭޓް ކޯޓް
  24. ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓް
  25. ގދ.ގަ އްދޫ މެޖިސްޓްރޭޓް ކޯޓް
  26. ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
  27. ގދ. ނަޑައްލާ މެޖިސްޓްރޭޓް
  28. ގދ.ފިޔޯރީ މެޖިސްޓްރޭޓް
  29. ހއ. ކެލާ މެޖިސްޓްރޭޓް ކޯޓް

މި ކޯޓްތަކުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މި މަހުގެ 31 އަށެވެ. ފަނޑިޔާރުންގެ އަސާސީ މުސާރައަކީ 21،000ރ. އެވެ.