ފުވައްމުލަކުގައި ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖެއްގެ ހާލު ސީރިއަސް ވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ފުވައްމުލަކުގައި ރޭ ދަންވަރު 03:40 ހާއިރު ފުލުހުން ޕެޓްރޯލް ކުރަމުންދިޔައިރު ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖެއް ފެނިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސައިކަލަކާ އެކު ވެއްޓިފައި އޮށްވާ ފެނިފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވަނީ ކުއްޖާގެ ހާލު ސީރިއަށް ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.