ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާމަންކަމުގެ މަގާމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމު ފުރުއްވި މުހައްމަދު ލަތީފު އައްޔަންކުރައްވައިފިއެވެ.

ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމުގައި ކުރިން ހުންނެވީ ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީއެވެ. ދީދީ ވަނީ މިދިޔަ ހޯމަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ލަތީފް އަކީ 34 އަހަރު ވަންދެން ސްޓެލްކޯ އަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އަދި މިދިޔަ މަހުން ފެށިގެން ލަތީފު ހުންނެވީ ހިދުމަތުން ރިޓަޔާކުރައްވައިގެންނެވެ.