ހުޅުމާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެޗް6ގެ އެޕާޓްމަންޓެއްގައި ފިރިހެނަކަށް ހަމަލާދިން މައްސަލައެއްގެ ރިޕޯޓް ރޭ ލިބިފައިވާ ކަމަށެވެ.

އެ ހަމަލާގައި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވިއިރު، އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. 

ފުލުހުން ބުނީ އެ މާރާމާރީ އަކީ އާއިލީ މައްސަލައެއްގެ ތެރެއިން ހިންގި ހާދިސާއެއް ކަމަށެވެ.