ރާއްޖޭގެ ކޮންމެ ރަަށެއްގައި ވެސް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ މަރުކަޒެއް ހުރުން މުޙިއްމު ކަމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ގދ. ތިނަދޫގައި ޢިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒުގެ ޢިމާރާތް އައިޔޫއެމްގެ ކޯސްތައް ހިންގުމަށް 10 އަހަރަށް ދޫކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑރ. ޝަހީމް ވިދާޅުވީ، އައިޔޫއެމްއަކީ އިސްލާމީ ރިސާލަތު ދިރުވާ ތަނެއްކަމަށާއި، މި ސަރުކާރުން އައިޔޫއެމްއާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި، އެތަން ތަރައްޤީ ކުރުމަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އައިޔޫއެމްއިން ބޭރުގެ ފަރާތްތައް ކިޔަވާ ދުވަހެއް ދުށުން އެއީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށާއި އެކަމަކީ ނުުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.