ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޛް ޢަލީގެ ސައިކަލަށް ގެއްލުންދިންތާ ހަފްތާއެއްހާ ދުވަސް ފަހުން، އޭނާއަށް ބަޔަކު މީހުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މިރޭ 9:30 ކަންހާއިރު ދެމީހުންގެ ގްރޫޕަކުން ޝިމާޛަށް ޙަމަލާދިނީ، އޭނާ ދިރިއުޅޭ ގެއިން ނުކުމެ ސައިކަލަށް އެރިތަނާ ކަމަށް ވެއެވެ. އަދި އެދެމީހުން ޝިމާޛަށް ހަމަލާދިނުމަށްފަހު، ދުވެފިލީކަމަށް ވެއެވެ.
ޝިމާޒާ ޙަވާލާދީ ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދިން މީހުން ބޮޑަށް ތެޅީ އޭނާގެ ބޮލުގައި ކަމަށާއި، އެވަގުތު އޭނާ ސަލާމަތްވުމަށްޓަކައި ސައިކަލުން ފައިބައިގެން ގޮސް ދުވެ ފިލީކަމަށް ވެއެވެ. އެގޮތުން އޭނާއަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިއެވެ. އަދި އޭނާ މިހާރު ވަނީ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅުއްވައިފައެވެ.


ޚިޔާލުތައް
0 ޝާއިއުކުރީޝާއިއުކުރި ޚިޔާލެއް އަދި ނެތް.